ޚިދުމަތްތައް

Font Design Poetry App

އަޅުގަނޑުމެން މިފަދަ މަސައްކަތްތަކުގައި ސާޅީހަކަށް އަހަރު ހޭދަކޮށްފީމެވެ. އެއީ ލަވަހެދުމާއި މިޔުޒިކުކުޅުމާއި ރެކޯޑުކުރުމާއި ފޮޓޯނަގާ އެޑިޓް ކުރުމާއި ވީޑީއޯ އަދި އޯޑީއޯގެ އެންމެހައި ކަންކަމުގައެވެ. އަޅުގަނޑުމެން 2018 ވަނަ އަހަރުގެ ކުރީކޮޅުގައި ފެއްޓި އުނގަންނައި ދިނުމުގެ އެކި ޕްރޮގްރާމްތައް ސީދާ މުދައްރިސުން ރަށްތަކަށް ގޮސްގެންނާއި އޮންލައިން މަންސަ ތަކުގައި ވޭތުވެދިޔަ 7 އަހަރު ތަޖުރިބާކޮށްފީމެވެ. ޢީސާ އޮންލައިން ޕޮއެޓްރީގެ ނަމުގައި ކޮވިޑްގެ ދުވަސްވަރު ފެއްޓި އޮންލައިން ކޯސްތަކުގައި ތިން ހާހެއްހައި ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން އެކި ފަހަރުމަތިން ތަމްރީނުކޮށްފައި ވާނެއެވެ. މިގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އޮކްޓޯބަރު 2025ގައި، ޢީސާ އާޓްސް ފައުންޑޭޝަންގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ، ކުރިން ކުރަމުންދިޔަ ކަންކަމުގެ އިތުރަށް ތަފާތު އެތައްކަމެއް ތަޢާރަފުކޮށްފައި ވާނެއެވެ.