ޚަބަރު
ޅެންހެދުމުގެ މުބާރާތް –/10000ރ.ގެ އިނާމު
- 1ވަނަ -/5000ރ.
- 2ވަނަ -/3000ރ.
- 3ވަނަ -/2000ރ.
މި މުބާރާތުގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ. މި މުބާރާތުގައި 1ވަނަ، 2ވަނަ އާއި 3ވަނަ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިއުން ދެވޭނެއެވެ.
އޮންލައިންކޮށް ބައިވެރި ވެވޭ ފަދަ ޙަފުލާއެއްގައި
ޅެންތައް ހުށަހެޅުމުގެ ސުންގަޑި
ގެ ނިއަލަށް ހުރިހާ ޅެމެއް ފޮނުއްވާނިންމަވާން ވާނެއެވެ. ފޮނުއްވާނީ ވޯޑްފައިލެވެ.
ފޮނުއްވުމަށް ބޭނުންކުރައްވާނީ، WhatsApp ގެ މި ލިންކް އެވެ.
💬 WhatsApp · 9922668މައުލޫތައް
- ދީނީ
- ދުނިޔެވީ
- ޤުދުރަތް
- ތިމާވެށި
- ލޯބި
- ޤައުމީ
- ތަޢުލީމީ
- ފަލްސަފީ
މުބާރާތުގެ ޤަވާޢީދު
ހުށަހަޅުއްވާ ޅެމަކީ މަދުވެގެން 6 ބައިތު، އަދި ގިނަވެގެން 12 ބައިތުގެ ޅެމަކަށް ވާންވާނެއެވެ. އަދި އެ ޅެމަކީ މުޅީން އައު ޅެމަކަށް ވެސް ވާންވާނެއެވެ. މުބާރާތް ނުނިމެނީސް، ފޮނުއްވާޅެން އެހެން އެއްވެސް ތާކު ޝާޢިއު ކޮށްގެން ނުވާނެއެވެ.
ފަނޑިޔާރުން
މި މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނީ މަޝްހޫރު، ފަންނީ ތަޖުބާކާރު 3 ފަނޑިޔާރުންގެ ޓީމަކުންނެވެ.
މާކްސް ދިނުމުގައި ބަލާނެ ކަންކަން
މާކްސް ދިނުމުގައި ބަލާނީ ޅެންވެރި ޚިޔާލާއި، ވަޒަނުގެ ހަމަތަކާއި، ޅެންވެރި ބަސްމަގަށެވެ. މީގެ އިތުރުން ބަލާނީ، އަސާސީ ހަމަތަކާއި، އެމުނި އެކުލެވުމާއި، ލަފުޒުތައް ގެތުމުގެ ބަދަހިކަމަށެވެ. މައުލޫއަށް އިންޞާފުކުރެވިފައިވާ މިންވަރާއި، އުފެއްދުންތެރި ޚިޔާލާއި، ކިޔުންތެރީންގެ ހިތް އަތުލުމަށް ބޭނުންކުރެވޭ ޅެންވެރި އުކުޅުތަކަށް ވަރަށް އިސްކަންދެވޭނެއެވެ.
ބައިވެރިވުމަށް
ތިރީގައި އެވާ ފޯމު ފުރުއްވާށެވެ.

