އަޅުގަނޑުމެން މިމަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މި ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި، ހުއްޓާނުލައި ޅެންވެރިކަން ކުރިއެރުވުމަށް ކުރެވުނު ބުރަ މަސައްކަތުން، 3000 އަށްވުރެ ގިނަ ދަރިވަރުންނަށް އުނގަންނައިދެވިފައި ވާނެއެވެ. އޮންލައިންކޮށް އަދި ސީދާ ކްލާސްތަކަށް ޙާޟިރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދީފައިވާނެއެވެ. މިގޮތުން، އަޅުގަނޑުމެންނަކީ ރާއްޖޭގައި މިހައިތަނަށް އެންމެ ގިނަ ދަރިވަރުން ޅެންވެރިކަމަށް ނެރުނު އެއްބަޔަކަށް ވާނެއެވެ.
2017
ފެށުނު އަހަރު
3000+
ދަރިވަރުން
ރާއްޖެ
އޮންލައިން އަދި ސީދާ ކްލާސް
އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ، ކަމަށް ޤާބިލް ފަންނީ ހުނަރުވެރި މުދައްރިސުން މެދުވެރިކޮށް، މިޔުޒިކާ ކުރެހުމާއި ޅެންވެރިކަމާއި އަދަބިއްޔާތުގެ ހުރިހާ ފަންނެއްގައި ރާއްޖޭގެ މިއަދުގެ ދިވެހި ޖީލަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމާއިއެކު މި އެންމެހައި ފަންނުތަކަށް އަހުލުވެރި ކުރުވައި، ތަމްރީނު ކުރުމެވެ.
މިއިން ކޮންމެ ދާއިރާއަކުން ފުރިހަމަ ތަޖުރިބާ ޙާޞިލް ކުރައްވާފައިވާ މުދައްރިސުން އަޅުގަނޑުމެންގެ ޓީމުގައި ތިބިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

